ހައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތުން، ފޮޓޯ: ރައީސް އޮފީސް
ހައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތުން، ފޮޓޯ: ރައީސް އޮފީސް
ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ އަރިހުގައި ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލަވި އަލް ސައުދު އެއާޕޯޓަށް ވަޑައިގެންނެވި ކަމަށެވެ.



‎ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސައުދީގެ ރަސްގެފާނުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި، ސައުދީ ސަރުކާރުގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާއާ ވެސް ރައީސް ބައްދަލުކުރައްވާފައި ވެއެވެ.

‎މި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި, އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު އަރިހުގައި ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން