މަރްޔަމް ނަހްދާ ވަޙީދު   9 ޖޫން 2025 - 16:4
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވީ މިފަދަ ރާޑަރުތައް ބެހެއްޓުމުގެ ސަބަބުން ވެދަރ ފޯކާސްޓް ކުރުމަށާއި އެލަރޓްތައް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މި ވެދަރ ރާޑަރުގެ ސަބަބުން މޫސުން ކުރިއަށް ލަފާކޮށް، އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެކަމަށް ހުސައިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މޫސުމަކީ ހުރިހާ އެންމެންނަށްވެސް މުހިންމު އެއްޗެއް ކަމަށާއި، މިއީ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެ ސިސްޓަމްތައް ގާއިމް ކޮށް، ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

މިފަދަ ވެދަރ ރާޑަރެއް އަދި ހުންނަނީ ހަމައެކަނި ހުޅުލޭގައެވެ. ރާޑަރު ބޭނުންކޮށްގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.

ވެދަރ ރާޑަރަކީ ދުނިޔޭގެ ޤައުމުތަކުގައި މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން