ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ބުންނެވި، ގ. ވެލަގަލަ، އިސްމާއިލް ނަވީން އައްޔަނުކުރައްވައިފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
މި މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ހަމަވެފައެވެ. މި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ އެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު އެ ތިން ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ލަފާ ދިނެވެ.
އޭގެ ތެރެއިން ނަވީން އެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ. އަދި މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު