މަސައްކަތް ކުރައްވާނީ ނަޒާހާތްތެރިކަމާ އެކު ފުލުހުންގެ ހިދުމަތް ކުރިއަރުވަންކަމަށް މަގާމާއި މިއަދު ހަވާލުވެވަޑައިގެންނެވި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ނަވީން އެ މަގާމަށް ހަމަޖެއްސެވުމާ ގުޅިގެން ފޭސްބޫކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިތުރު މަސްއޫލިއްޔަތުތަކަކާ އޭނާ ހަވާލުވެވަޑައިގަންނަވާ މި ދަނޑިވަޅުގައި އާންމުންގެ ފަރާތުން ލިބެމުންދާ މެސެޖުތަކަކީ ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ.
އަދި ފުލުހުންގެ ހިދުމަތުގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާ އެކު އެ އިދާރާގެ ކަންކަން ބަލަހައްޓަވާނެ ކަމުގެ ޔަގީންކަން ނަވީން ވަނީ ދެއްވާފައެވެ.
ނަވީންއަކީ ފުލުހުންގެ ހިދުމަތުގައި މިހާރު 31 ވަނަ އަހަރު ގުނަމުން ގެންދަވާ ބޭފުޅެކެވެ. އޭނާވަނީ ލީޑާޝިޕް، ސްޓްރެޓެޖީ، ފައިނޭންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކްއީންސްލޭންޑުން ކިޔަވައި ވިދާޅުވެފަ އެވެ.
އޭގެ އިތުރުން މެލޭޝިއާ އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއަކުން ކްރިމިނަލް ލޯގެ ދާއިރާ އިން ވެސް ކިޔަވައި ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ދިން މުއްދަތުގައި ކުރިމަތިލެއްވީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.

ކިޔުންތެރިންގެ ހިޔާލު