ދިވެހި ޙައްޖުވެރިއަކު ފުރުމަށް އެއަރޕޯޓުގައި (ކ)
ދިވެހި ޙައްޖުވެރިއަކު ފުރުމަށް އެއަރޕޯޓުގައި (ކ)
ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ކުޑަކުދިން ނުގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އިލްތިމާސް ކޮށްފިއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވިދާޅުވީ، ހައްޖު މޫސުން ނިމި، ހައްޖުވެރިން ރާއްޖެ އައުމާއި ގުޅިގެން ހުމާ ރޯގާ އިތުރުވެދާނެ ކަމަށެވެ. އެހެންކަމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އެއާޕޯޓް ފަދަ މީހުން ގިނަ ތަންތަނަށް ދިއުން ރައްކާތެރިނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ހަމްޒަތު ވަނީ، ހައްޖުން އައުމަށްފަހު ބާއްވާ ހަފުލާތައް ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މަދުކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި ޙައްޖުން ވަޑައިގަންނަވާ ބޭފުޅުން ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މާސްކު ނާޅައި މީހުންގެ ތެރެއަށް މާބޮޑަށް ނުކުމެ ނޫޅެންވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.

“މިކޮޅަށް ވަޑައިގަންވާއިރު ހުމެއް ރޯގާއެއް ނެތް ނަމަވެސް 14 ދުވަސްތެރޭގައި އެކަހަލަ ކަމެއް ދިމާވެއްޖެނަމަ އަވަހަށް ހޮސްޕިޓަލަށް ގޮސް ދައްކަން ވާނެ، އަދި ދައްކާއިރު ހިސްޓްރީ ރަނގަޅަށް ކިޔާދިނުމަކީ ވަރަށް މުހިންމު ކަމެއް.” ހަމްޒަތު ވިދާޅުވިއެވެ.

ހަމްޒަތު މިހެން ވިދާޅުވެފައިވާއިރު، މި އަހަރު ރާއްޖެއިން 1000 އަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމަށް ވަނީ ގޮސްފައެވެ. އަދި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ދިވެހިން ސަޢުދީގައި 18 ދުވަހާއި 19 ދުވަހަށް ތިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން