ހއ. ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލިކަމަށް ބުނާ ވާހަކަތައް ފެނަކައިން ދޮގުކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން އަޅާ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ފެނަކައިން ހުއްޓާލައި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވަނީ އެރަށު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތިކަމަށް ބުނެ ހޯރަފުށީ ކައުންސިލުން އިއްޔެ ވަނީ ބަޔާނެއް ނެރެ އެކަން ކުށްވެރިކޮށްފަ އެވެ.
އެ ބަޔާނާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނިީ އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލިކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަަށެވެ.
އަދި ހޯރަފުއްޓަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް ގޮސް އެ މަޝްރޫއު އަލުން ފަށަން ކުރަންޖެހޭ ކަންކަން ބަލައި އަންނަ މަހު އެ މަޝްރޫއު ފަށައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ ވަކިކުރީ މަސައްކަތްތަކެއް ނެތިފައި ތިބި މުވައްޒަފުންތަކެއް ކަމަށާއި ކުންފުނީގެ ހާލަތު ހުރި ގޮތުން އެފަދަ ބަޔަކަށް މިވަގުތު މުސާރަ ދެވެން ނެތް ކަމަށެވެ.
އެހެން ނަމަވެސް ބޮޓަލިން ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ފެސިލިޓީ ހިންގުމަށްް ބޭނުންވާ މުވައްޒަފުން ނަގަން އިއުލާން ކުރާނެ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު