މ. ކޮޅުފުށީގައި ރައީސް ޞާލިޙްގެ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.
1400 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްފައިވަނީ ރައީސް ޞާލިޙްގެ ވެރިކަމުގައި 8 ފެބުރުވަރީ 2023 ގައެވެ.
އެ މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ، ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރިހަމަކޮށް މިހާރު ނިންމާލާފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 100 އިންސައްތަ ނިމި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭ ފެންވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
“މި މަޝްރޫޢުގެ ދަށުން އެޅުނު 100 ހައުސިން ޔުނިޓަކީ ރަށުގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމުގައި މިނިސްޓްރީއިން އުންމީދު ކުރެއެވެ.” މިނނިސްޓްރީން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ 121،612،127.97 ރުފިޔާގެ ބަޖެޓަކުން ފުރިހަމަ ކުރެވުނު މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގައި ހިމެނޭ 100 ހައުސިންގ ޔުނިޓްގައި ތިން ކޮޓަރި ހިމެނޭއިރު، ތިން ފާހަނާއާއި، ސިޓިންގ ރޫމާއި ލޯންޑަރީ އާއި ކާގެ އާއި ބަދިގެ އަދި ސްޓޯރ ރޫމް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު