ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބް)
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބް)
ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގައި ކުރީގެ ސަރުކާރުތަކުގެ ނާކާމިޔާބީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރުން ރަސްމާލެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތްތަކަށް މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

ޖަނާބު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫޢަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޖަނާބު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ދިވެހިރާއްޖޭގައި އައި އެއްވެސް ސިޔާސީ ލީޑަރަކަށް ގެދޮރުވެރިކަމުގެ ދާއިމީ ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ. އެ ބޭފުޅުންގެ މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ފެނިގެން ނުދާ ކަމަށާއި، ދުރު މުސްތަޤްބަލަށް ބޭނުންވާ ފަދަ ތަޞައްވުރެއްވެސް ކުރެވިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި، ރައީސް މުޢިއްޒު މިހާރު ހިއްކަވަމުން ގެންދަވަނީ ހަމަ އެކަނި އެއް ކުޑަ ރަށެއް ނޫން ނުވަތަ މަދު ޢަދަދެއްގެ ގޯއްޗެއް ނޫން ކަމަށާއި، އެއީ މުޅިން އައު، ބޮޑު ސިޓީއެއް ކަމަށް ޖަނާބު ވަނީ ފާޅުކުރައްވާފައެވެ. މި މަޝްރޫޢަކީ ރައްޔިތުންގެ މުސްތަޤްބަލުގެ ބޭނުންތައް ޙިމާޔަތްކޮށްދެއްވާނެ މަޝްރޫޢެއް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

"މިހާތަނަށް އައި ހުރިހާ ސިޔާސީ ލީޑަރުން ގެދޮރުވެރިކަން ހައްލުކުރަން އެރުވީ ހަމަ ހުސްފޮނު؟ އެކަށީގެންވާ ނަތީޖާއެއް ތަސައްވުރު ކުރަންވެސް ނޭނގުނީ. ރައީސް މުއިއްޒު އެ ހިއްކެވީ މުޅިން އައު ތާނު ސިޓީއެއް. އެންމެ ގެޔެއް ނޫން. ސިޓީއެއް. ޙިމާޔަތް ކޮށްދެއްވަނީ މުސްތަޤްބަލުގެ ބޭނުން.." ޖަނާބުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރަސްމާލެ މަޝްރޫޢަށް އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން ދާއިރު، ސަރުކާރުގެ އިސްބޭފުޅުން ތަކުރާރުކޮށް ވިދާޅުވަނީ، މި މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ ބޮޑު ބަޔެއްގެ ދިރިއުޅުން ރަނގަޅުކޮށް، ދިގު މުއްދަތަށް ހައްލެއް ހޯދައިދޭނެ މުހިންމު ތަރައްޤީގެ މަޝްރޫޢެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް