ސަފީރު ކޮންގް ޒިއަންހުއާ
ސަފީރު ކޮންގް ޒިއަންހުއާ
ސިނަމާލެ ބުރިޖުން ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތައް ގެނެސްދީފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެެވެ.

ސަފީރު މިފަދައިން ވިދާޅުވީ ސިނަމާލެ ބުރިޖު އިފްތިތާޙުކުރި ދުވަސްކަމުގައިވާ އޮގަސްޓް މަހުގެ 30ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވުމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ސަފީރު ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ އިންޖިނޭރުންގެ ކުޅަދާނަ މަސައްކަތުން ބިނާކުރި ސިނަމާލެ ބުރިޖު، ދިވެހިންގެ ދިރިއުޅުމާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ.

އެހެންކަމުން އިންޖިނޭރުންނަކީ ދިރިއުޅުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށް ސަފީރު ވިދާޅުވިއެވެ.

އަދި އިންޖިނޭރުންނަށް އިހްތިރާމާއި ޤަދަރު ލިބެން ޖެހޭ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.



ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އާދީއްތަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން