ގެދޮރުވެރިޔާ ސްކީމްގެ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކޯޓަށް ހުށައަޅާފައި ނުވާކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ވެރިންތަކެއްގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ހުށައެޅީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
އެކަމާގުޅިގެން ޕީޖީން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށާއި އަދި ދައުވާކުރަން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް އޭސީސީން ޕީޖީ އޮފީހަށް ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ހިނގާ މުއްދަތު ގުނާނީ ތަހުގީގު މުއްދަތުގެ ތެރެއިންކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޑިއުޓީ ޕްރޮސިކިއުޝަންއަކީ ޖިނާއީ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ވަގުތު ތަހުގީގުކުރާ އިންވެސްޓިގޭޓަރުންނާއި، ޕީޖީގެ ޕްރޮސިކިއުޓަރުން މަޝްވަރާ ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމެވެ. އަދި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށައަޅާނީ މި މަރުހަލާ ނިމުމުންނެވެ.
ޕީޖީ އޮފީހުން މިކަން ހާމަކޮށްފައިވާއިރު، މި މައްސަލާގައި އޭސީސީން ދަޢުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި ކުރިން ހުންނެވި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި ކުރިން ހުންނެވި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފާއި، އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި ކުރިން ހުންނެވި މއ. ވިރާޙް، ޟިރުޣާމް ވަޙީދާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އޭސީސީން އެމީހުންގެ މައްޗަށް ދަޢުވާކުރުމަށް ހުށައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ކޮށްފައިވާކަމުގެ ތުމަތުގައެވެ. އޭގެއިތުރުން އެމީހުން އިތުރު ކުށްތައް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތްވެސް ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތުހަމަނުވާ މީހުން ކަމަށެވެ.
އަދި ފުލެޓްތައް ދޫކުރުމުގައި ޖިނާޢީ މައްސަލައެއް ފާހަގަކުރެވޭނަމަ އެކަން ބަލައި ދައުވާ ކުރަން ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވެސް އޭސީސީ އާއި ފުލުހުންގެ ޚިދުމަތަށް މީގެކުރިން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު