މީހުން ޓްރެފިކްކުރުމާއި ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުން ހުއްޓުވުމަށްޓަކައި ޑިޖިޓަލް ހެކިތަކާއި އޯޕަން ސޯސް އިންޓެލިޖެންސް (އޮސިންޓް) ބޭނުންކޮށްގެން ތަޙުޤީޤުތައް ހަރުދަނާކުރުމަށް ބޭއްވި ސަރަޙައްދީ މަސައްކަތު ބައްދަލުވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބައިވެރިވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުނު މި ވޯކްޝޮޕް ކުރިއަށް ގޮސްފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ފަރާތުން އިންތިޒާމުކޮށްގެންނެވެ.

މީހުން ޓްރެފިކްކުރުމާ ދެކޮޅަށް ޑިޖިޓަލް ހެކި ބޭނުންކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ވޯކްޝޮޕް، ފޮޓޯ: ޕީޖީ އޮފީސް
މި މަސައްކަތު ބައްދަލުވުމުގައި ޕީޖީ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕަބްލިކް ޕްރޮސިކިއުޓަރ އިސްމާޢީލް ސާމީ ޢަލީ އެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 27 އިން 29 ގެ ނިޔަލަށެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ވޯކްޝޮޕް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިންޓަނެޓާއި ސޯޝަލް މީޑިއާ ފަދަ އާންމުކޮށް ލިބެންހުންނަ ވަސީލަތްތައް (އޮސިންޓް) ބޭނުންކޮށްގެން މައުލޫމާތު އެއްކުރުމުގެ އުކުޅުތަކަށާއި، ޑިޖިޓަލް ހެކި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މައްޗަށެވެ. މީގެއިތުރުން، ޤައުމުތަކުގެ ސަރަޙައްދީ އިމުން ބޭރުގައި ހިންގާ ބޮޑެތި ޖަރީމާތަކާއި ޓްރެންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްތަކާ ދެކޮޅަށް ސަރަޙައްދީ ފެންވަރުގައި ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މީހުން ޓްރެފިކްކުރުމާއި ވަގަށް އެތެރެކުރުން ފަދަ މައްސަލަތައް ތަޙުޤީޤުކޮށް، ކޯޓުތަކުގައި ދަޢުވާ ސާބިތުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ހެކިތަކުގެ ބޭނުންހިފުމަކީ މިހާރު ވަރަށް މުހިންމު ކަމަކަށް ވެފައިވާތީ، މިފަދަ ތަމްރީނުތަކަކީ ޕީޖީ އޮފީހުގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު