މުޖްތަމައުގެ އެހީތެރިކަމާއި ރައްކާތެރިކަން ލިބިއްޖެނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ދިރިއުޅެވޭނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓްރީން ބުނީ ރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަަހަރުގެ އެޕްރީލް މަހާ ހަމައަށް 14,188 މީހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނިފައެވެ.
ނުކުޅެދުންތެރިކަމަކީ މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއްކަމަށްވީއިރު، މިކަމުގެ ސަބަބުން މުޖުތަމަޢުން އެމީހަކު ބާކީވެގެންދާ ހާލަތުތައް އަންނަ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަތީޖާއެއްގެ ގޮތުން އެމީހުންނަށް މުޖުތަމަޢުގެ އެހެން މީހުންނާއި އެއްހަމައެއްގައި ކުރިއަރާ ދިއުމަށާއި، މާނަހުރި ގޮތެއްގައި މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަސްތަކެއް އެޅިގެންދާ ކަމަށް މިނިސްޓްރީނަ ވަނީ ފާހަގަ ކޮށްފައެވެ.
މިނިސްޓްރީން ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތައް ބާރުވެރިކުރުވި، އަމިއްލަ މިނިވަންކަމާއިއެކީ މުޖުތަމަޢުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެއެވެ. އަދި ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުންހުރި މުހިންމު ކަންކަން ނިންމުމުގައި އެމީހުންގެ ޚިޔާލު ހޯދަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި، ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް ޢާއިލާތަކެއް ބިނާކުރުމުގައި މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރެވި، ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ މީހުން ވަޒީފާގެ މައިދާނުތަކަށް ނުކުތުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު