ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤަރާރު އެމަޖިލީހުން ބޭރުކޮށްލައިފިއެވެ.
ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ހުށައެޅުއްވި ގަރާރަށް ބަހުސްކުރުމަށް ފެނޭތޯ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 36 މެންބަރުން ވޯޓުދެއްވީ އެ ގަރާރު ބަލައިނުގަނެ ބޭރު ކުރުމަށެވެ.
އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހިމެނެއެވެ.
ނިއުޝާދު ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ، މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެގޮތުން ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތުކަމަށް ޤަރާރުގައި ވެއެވެ.
އަދި އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫންކަން ނިއުޝާދު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށްފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެތަންތަނަށް ހުށަހެޅިޔަސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ފާއިތުވާ ކަމަށް ވިޔަފާރިވެރިން ބުނަމުންދާ ކަމަށްވެސް ގަރާރުގައި ވެއެވެ. ހަމަ އެހެންމެ، ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތަސް އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށް ޤަރާރުގައި ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލާ ކަމަށާއި، މިއީ ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެއް ކަމަށް ގަރާރުގައި ވަނީ ސިފަކޮށްފައެވެ. އޭގެއިތުރުން ނައުޝާދު ވިދާޅުވީ މި ގަރާރު ހުށަހަޅުއްވާފައިވަނީ މިކަންކަމުގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު