ޕީއެންސީއަށް ނިސްބަވްތާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ރެޑްވޭވް ސަލީމް
ޕީއެންސީއަށް ނިސްބަވްތާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ރެޑްވޭވް ސަލީމް
ކާޅަކީ އިހުލާސްތެރި އެއްޗެއް ނޫން ކަމަށާއި، އެއީ ހަރާންކޯރުވާ އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔައިރު، އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ރައީސް ޑރ. ވަޙީދަށް އެމްޑީޕީގެ މެންބަރުން “ކާޅު”ގެ ނަމުން މަހާތަބު ކުރަމުން ދިޔަ ކަމަށެވެ.

އަދި އިންސާނަކަށް ނިސްބަތްކޮށް ކާޅުގެ ނަމުން ގޮވަމުން ދިޔައިރު، ކާޅަކީ ކޮބައިކަން އެމްޑީޕީއަށް އެނގެންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ނޫޙުގެ ފާނުގެ ނައުކޮޅުގެ ވާހަކަ ސަލީމް ވަނީ އެ ޖަލްސާގައި ޙިއްސާ ކުރަށްވާފައެވެ.

ސަލީމް ވިދާޅުވީ، ނޫޙުގެފާނުގެ ނައުކޮޅު ބީހުމުން ދުނިޔެ އަމާންވިތޯ ބަލަން ފޮނުވި ކާޅު އެނބުރި ނައި ކަމަށެވެ. އަދި ދުނިޔެ އަމާން ވެއްޖެކަން ނޫހުގެފާނަށް އެނގިވަޑައިގަތީ ޒައިތޫނި ފަތްކޮޅެއް ހިފައިގެން ކޮތަރު އައުމުން ކަމަށް ވިދާޅުވެ އެޙާދިސާގެ ޝަރަޙަވެސް ސަލީމް ދެއްވާފައިވެއެވެ.

“ކާޅު މި އޮތީ މިނިމަސް ކާން. ކާޅު ގޯސް މިވީ، ހަރާންކޯރުވީ. ދެން އެ ހިސާބުން މާތްﷲ، ކާޅު އެއީ އިހުލާސްތެރި އެއްޗެއް ނޫން ގޮތުގައި ލެއްވެވި.” ސަލީމް ވިދާޅުވިއެވެ.

އޭގެއިތުރުން ވަކި ބަޔަކަށް ނިސްބަތް ނުކުރަށްވައި ސަލީމް ވިދާޅުވީ، ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ބަދުނާމެއް އެޅުވުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

ސަލީމް މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ޚާއްސަ މުޝީރަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަނު ކުރަށްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން