މަރްޔަމް ނަހްދާ ވަޙީދު   17 ޖޫން 2025 - 17:45
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ޗައިނާއަށް، ފޮޓޯ: މަޖިލިސް
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ޗައިނާއަށް، ފޮޓޯ: މަޖިލިސް
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ޗައިނާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ 6 ވަނަ ސައުތު އޭޝިއާ ޗައިނާ ކޯޕަރޭޝަން ފޯރަމާއި، 9 ވަނަ ސައުތު އޭޝިއާ ޗައިނާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މަޖިލީހުން ވަނީ މި ފޯރަމާއި އެކްސްޕޯގައި މަޖިލީހުގެ ނައިބު ރައީސް ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފައެވެ.

ސައުތު އޭޝިއާ ޗައިނާ ފޯރަމާއި އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ކުންމިން ސިޓީގައެވެ.

މި ދަތުރުފުޅުގައި ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރާއި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ބައިވެރިވެ ވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން