ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމަށް ފުރުސަތު ނުދިން މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މެންބަރު ކުޑޫ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް މަޖިލީހުގެ ލެޓާހެޑް ހިމަނައިގެން ސިޓީއެއް ފޮނުއްވި ކަމަށެވެ. އަދި އެސިޓީ ފޮނުއްވީ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް މެންބަރު ވިދާޅުވިއެވެ.
ނަމަވެސް ސިޓީ ފޮނުވިތާ ދެ މަސް ފާއިތުވެގެން ގޮސްފައިވާއިރުވެސް، އެ ސިޓީއަށް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބެއް ލިބިފައިނުވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
“ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް އަޅުގަނޑަށް ސިފަކުރެވޭ.” މެންބަރު ކުޑޫ ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން މެންބަރު މަޖިލީހަށް ހުށައެޅުއްވި އިމްތިޔާޒާއި ސުލޫކާބެހޭ މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން މިއަދު ނެގި ވޯޓުގައި 55 މެންބަރުންގެ ވޯޓުން ވަނީ މި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
މަޖިލިހުން މި މައްސަލަ ބަލައިގަތުމަށް ފާސްވުމާއެކު، މި މައްސަލަ ބެލުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު