ކައުންސިލަރުންގެ އަދަދު މަދުކުރަން ވެރިކަންކުރާ ޕީއެންސީން ހުށައެޅި ގަރާރު ބަލައިގަނެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް 52 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ. މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ދިރާސާކުރަން ފޮނުވާފައިވަނީ ލާމަރުކަޒީ ކޮމިޓީއަށެވެ.
ވެރިކަންކުރާ ޕީއެންސީގެ މެންބަރު ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ކޮންމެ ރަށެއްގެ ކައުންސިލްގައި ފަސް ކައުންސިލަރުން ތިބޭއިރު އެއަދަދަށް ކޮންމެ ރަށެއްގައި ކައުންސިލަރުން ތިބެން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އާބާދީ ބޮޑު ރަށްތަކާއި މީހުން މަދު އަދި ކުރާނެ މާބޮޑު މަސައްކަތެއް ނެތް ރަށްރަށުގައި ވެސް ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް އެއްވަރު ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސުޖާއުގެ ގަރާރުގައި އެދިފައިވަނީ، ފުލް ޓައިމްކޮށް ދެ ކައުންސިލަރުން ތިބޭ ގޮތަށް ހަދައި ބާކީ ތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވަންސް ދޭ ބަޔަކަށް ބަދަލުކުރުމާމެދު މެންބަރުން ގޮތެއް ނިންމަވައި ދެއްވުމަށެވެ.
އަދި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާތާ 15 އަހަރުވީ އިރުވެސް ރަށްރަށުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގާނޫނީ ގޮތުން އިސްލާހު ގެނައުން ފިޔަވައި އެހެންކަމެއް ކުރެވުނު މަންޒަރު ނުފެންނަ ކަމަށް ގަރާރުގައި ވެއެވެ. އަދި ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމް އޮތުމަކީ ހިތާމަވެރި ކަމެއް ކަމަށް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު