ދެ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ރުހުން ދެއްވާފައިވަނީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށެވެ.
ރާއްޖޭން އަޔަލޭންޑަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނު ކުރެއްވުމަށް މަޖިލީހުން މިއަދު ރުހުންދިން އިރުތިޝާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖެނިވާގެ ހުންނަ ޔޫއެންގެ ސަފީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ އިތުރުން ވެސް ޚާރިޖިއްޔާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ.
އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުވެސް އިރުތިޝާން އަދާކުރެއްވިއެވެ.
އޭގެއިތުރުން ރާއްޖޭގެ ސިއްހީ އަދި ޚާރިޖިއްޔާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރަށްވާފައިވާ ގީލާ ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލާގެ މަޤާމު މީގެކުރިން ފުރުއްވާފައެވެ. އަދި ދެހާސް އަށާރަ ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމާއި ކޮންސިއުލަރ ސާވިސެސްގެ ވެރިޔާގެ މަޤާމުވެސް އޭނާ ފުރުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު