ސްރީލަންކާގެ ޓީވެޓްގައި ރަޖިސްޓްރީ ކޮށްފައިވާ ބައެއް ކޮލެޖްތައް ސަސްޕެންޑްކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްކިއުއޭ އިން މިއަދު ބުނީ، ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ޙާސިލްކުރާ މެޓްރޮޕޮލިޓަން ކޮލެޖާއި، އީސޮފްޓްގެ ހުރިހާ ކެމްޕަހަކަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި ލަންކާގެ ޓީވެޓުން އެ ކޮލެޖްތައް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، އެމަރުކަޒު ތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވީ އެންމެ އަވަހަކަށް އެކަން އީމެއިލް މެދުވެރިކޮށް އެންގުމަށް އެމްކިއުއޭއިން ވަނީ އެދިފައެވެ.
ހަމައެއާއެކު މިވަގުތު މި ދެ މަރުކަޒުގެ ޕްރޮގްރާމްތަކަށް ދަރިވަރުން އެންރޯލް ނުވުމަށާއި، ދަރިވަރުން އެ މަރުކަޒުތަކުގައި ރަޖިސްޓްރީ ނުވުމަށް އެމްކިއުއޭ އިން ލަފާ ދީފައިވެއެވެ.
އޭގެއިތުރުން ރާއްޖެއިން ބޭރަށް ކިޔަވަންދާ ބައެއް ދަރިވަރުން އެމްކިޔުއޭއިން ހޯދަން ޖެހޭ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެންޑެޑް ޕްރޮގްރާމް ނުހޯދާ ކަމަށާއި، އެކަމުގެ ސަބަބުން ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅި ނަމަވެސް، ސަނަދު ވެލިޑޭޓް ނުކުރެވޭތީ އެކަމަށް ސަމާލުވުމަށްވެސް އެ އޮތޯރިޓީން މިއަދު އެދިފައިވެއެވެ.
އެމްކިޔުއޭއިން ބުނީ، އެ އޮތޯރިޓީން ގަބޫލުނުކުރާ މަރުކަޒަކުން ސަނަދު ހާސިލުކުރުމުން އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެ އޮތޯރިޓީން ނުނަގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު