އިމިގްރޭޝަން ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
ގަވާއިދާއި ހިލާފަށް އުޅުނު ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސް، އެ ބިދޭސީން ޝަމްއާނުގެ އަމުރަށް އިމިގްރޭޝަންގެ ބަންދުން ދޫކުރި މައްސަލާގައި ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން ހައްޔަރުކުރުމުން 15 ދުވަހަށް ބަންދުކުރަން މުއްދަތު ޖެހީ މި އަހަރުގެ މާޗް މަހުގެ 22 ގައެވެ. އެ މުއްދަތު ހަމަވުމުން ދެން ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމުން ޝަމްއާންގެ ފަރާތުން އެކަންވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ އަމުރަށް ތާއީދު ކޮށްފައެވެ. ދެން ޝަމްއާން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމުން ފަހުން އެ ކޯޓުންވަނީ މައްސަލަ ބަލައިގަނެފައެވެ.
އެ މައްސަލާގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން މިއަދު ނިންމާފައިވަނީ، ކްރިމިނަލް ކޯޓުން ޝަމްއާން ބަންދުކުރުމުގައި ގާނޫނާ ހިލާފުވި ގޮތެއް އޭނާގެ ފަރާތުން ބުނެދެވިފައި ނުވާތީ އެނިންމުން ގޯސްކޮށް ކަމަށް ކަނޑައެޅެން ނެތް ކަމަށާއި، ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.
އަދި ޝަމްއާން ބަންދުކޮށްފައިވަނީ މަނީ ލޯންޑްރިންގެ ތުހުމަތުގައި ކަމަށްވާތީ، އެބައި ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް އޮތަތީވެ، އޭނާ ބަންދުކުރަން އެދުމަށް ފުލުހުންނަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އިއްވެވި ރަޢުޔުގައި ވިދާޅުވިއެވެ. ފަނޑިޔާރު ޝަހީދުގެ މިރަޢުޔަށް ތާޢީދު ކުރެއްވީ ފަނޑިޔާރު އަބްދުالله ހަމީދެވެ.
މި ރަޢުޔާ ޚިޔާލު ތަފާތުވި ފަނޑިޔާރު ޝުޖޫންގެ ރަޢުޔުގައި ވިދާޅުވީ، ދައުލަތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބަލައިގެން، ގާނޫނުއަސާސީގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހާލަތެއް ވުޖޫދުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ.
ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވާއިރު، އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންގ ކުށުގެ ދައުވާއެވެ. ޝަމްއާންގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު