ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފޭސް 2 ގައި ތަރައްގީ ކުރާ ފްލެޓްތަކަށް ރައީސް ޒިޔާރަތް ކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފޭސް 2 ގައި ތަރައްގީ ކުރާ ފްލެޓްތަކަށް ރައީސް ޒިޔާރަތް ކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ ސައިޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގައި މިހާރު ތަރައްގީ ކުރަމުންދާ 4،000 ޔުނިޓުގެ ހައުސިން ސައިޓް ރައީސް އިންސްޕެކްޓް ކުރައްވާފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު އޮޅުންފޮލުއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.



ރައީސް އޮފީހުން ބުނީ މަޑުޖެހިފައި އޮތް ފްލެޓްތަކުގެ މަސައްކަތް ނިންމައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށްޓަކައި، ރައީސްގެ އިރުޝާދާއެކު މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މަޝްރޫޢުގެ ދުވެލި ހަލުވި ކުރެވި، މިހާރު މަސައްކަތުގެ ބޮޑުބައި ނިންމާލެވިފައިވާ ކަމަށެވެ.

އެގޮތުން މިހާރު މަސައްކަތް ހިނގަމުންދާ 4000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން، ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެން.ބީ.ސީ.ސީ) އިން ތަރައްޤީ ކުރަމުންދާ 16 ޓަވަރުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވަނީ އެނގިފައެވެ. އަދި އިންޑިއާގެ ކުންފުންޏެއްކަމަށްވާ، ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީ.އައި.އެލް) އިން ތަރައްޤީކުރާ 16 ޓަވަރުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.



މީގެ އިތުރުން ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ ގޮތުން، ޖުލައި މަހުގެ ތެރޭގައި އެގްރީމަންޓްތައް ތައްޔާރުކުރުމުގެ ޢަމަލީމަސައްކަތް ފަށައި، ސެޕްޓެންބަރު މަހުގެ ނިޔަލަށް 4000 ޔުނިޓުގައި މީހުން އާބާދުކުރެވޭނެ ކަމަށް އެނގިފައި ވެއެވެ.

ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ ސައިޓަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން