ޤާނޫނީ އިންތަކާއި ޤަވާއިދުތައް ފޫއަޅުވާލުމަށް އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރޝިޕުން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު، މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މަމްދޫހު މިހެން ވިދާޅުވީ އެމްޑީޕީ އަހަރީ ހަފްލާ ބާއްވާނެ ތަނެއް ސަރުކާރުން ނުދިންކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން ޖަލްސާ ބާއްވާނެ ތަނެއް ހޯދަން ކުރަމުންދިޔަ މަސައްކަތަށް މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، ޖޫން 23 ގެ ނިޔަލަށް ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި ހަފްލާ ބާއްވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި މަމްދޫހު ވިދާޅުވީ އަޑު އުފުލުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރުމުގެ ވާހަކަ ދައްކަމުން ވެރިކަމަށް އައިނަމަވެސް އެކަން ހަނިކޮށްފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.
"2018 ގައި ވެރިކަމަށް އައިސް 2019 ގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުން، އަޑު އުފުލުމައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަމުން ކުރަމުން ގޮސް، 20 ފޫޓް 20 ފޫޓްގެ ބެރިކޭޑް ކޮށްޓަކަންވަންދެން އެހައްގު ހަނިކުރީ، ހުރިހާ އާރަކާއި ބާރެއް އެމްޑީޕީއަށް ރައްޔިތުން ދިނުމުން." މަމްދޫހު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ހުވާކުރެއްވިތާ ދޮޅުއަހަރު ނުވަނީސް، ހުއްދަ ހޯދުމަކާނުލައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ފުޅާކޮށް، އިތުރު 3 ސަރަހައްދަކާއެކު، ޖުމްލަ 4 ސަރަހައްދެއް މާލޭގައި ކަނޑައެޅިގެން ދިޔަކަން ފެންނަން އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
"ޤާނޫނީ އިންތަކާއި ޤަވާއިދުތަކާއި އުސޫލުތަކާއި ހަމަތައް، ފޫއަޅުވާލުމަށް، އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރޝިފުން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." މަމްދޫހުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވީ ހުއްދައަކާ ނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި އަޑު އުފުލުމަށް އިތުރު ކުރެވުނު ސަރަހައްދުތައް ކަމުނުދާނަމަ، އެމްޑީޕީއަށް ނިސްބަތްވާ މޭޔަރ އާދަމް އާޒިމް އާ އޮތް ނުތަނަވަސްކަން ހައްލުކޮށް، ނަތީޖާއަކަށް ދިޔުން ބުއްދިވެރިކަމުގައި ފެންނަ ކަމަށެވެ.
އަދި ދިވެހީން ތިބީކީ އެމްޑީޕީން ދަމާހާ ރޯނެއްގައި ޖެހި، މިގައުމު ހަލަބޮލިކޮށް މިގައުމުގެ މަސްލަހަތު ނަގާލަން ފުރުސަތުދޭ ގޮތަކަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ކަމަށާއި، އެކަން މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ.

އަޑު އުފުލުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރުމުގެ ވާހަކަ ދައްކަމުން، 2018 ގައި ވެރިކަމަށް އައިސް 2019 ގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުން، އަޑު އުފުލުމަާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަމުން ކުރަމުން ގޮސް، 20 ފޫޓް 20 ފޫޓްގެ… https://t.co/KxDqvjgIqc
— Mohamed Mamdooh (@Mamdooh_Yoonus) June 20, 2025
މަމްދޫހު ވިދާޅުވީ ހުއްދައަކާ ނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި އަޑު އުފުލުމަށް އިތުރު ކުރެވުނު ސަރަހައްދުތައް ކަމުނުދާނަމަ، އެމްޑީޕީއަށް ނިސްބަތްވާ މޭޔަރ އާދަމް އާޒިމް އާ އޮތް ނުތަނަވަސްކަން ހައްލުކޮށް، ނަތީޖާއަކަށް ދިޔުން ބުއްދިވެރިކަމުގައި ފެންނަ ކަމަށެވެ.
އަދި ދިވެހީން ތިބީކީ އެމްޑީޕީން ދަމާހާ ރޯނެއްގައި ޖެހި، މިގައުމު ހަލަބޮލިކޮށް މިގައުމުގެ މަސްލަހަތު ނަގާލަން ފުރުސަތުދޭ ގޮތަކަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ކަމަށާއި، އެކަން މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު