ސްޓެލްކޯއިން މިއަދު ބުނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މާދަމާ ހެނދުނު 09:00 ން 12:00 އާ ދެމެދު މާލެސިޓީ ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ މަޢުލޫމާތުދީފައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަޙައްދުން 21 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ (މާދަމާ) ހެނދުނު 09:00 އާއި 12:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް… pic.twitter.com/sVVW3I9202
— STELCO (@STELCOMALDIVES) June 20, 2025
އަދި މާދަމާ ހެނދުނު 10:00 ން 12:00 އާ ދެމެދު މާލެސިޓީ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ މަޢުލޫމާތުދީފައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުން 21 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ (މާދަމާ) ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ… pic.twitter.com/V2gmyYSEGv
— STELCO (@STELCOMALDIVES) June 20, 2025
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު މާލެސިޓީ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުންވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ މަޢުލޫމާތުދީފައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ގުލޭނޫރަން މަގު، ސިއްކަގޯޅި، އަދި ކަރަންކާ މަގު ހިމެނޭ ސަރަޙައްދުން 21 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ (މާދަމާ) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ… pic.twitter.com/QzvgYvANT3
— STELCO (@STELCOMALDIVES) June 20, 2025
އަދި މީގެއިތުރުން މާދަމާ ހެނދުނު 10:00 ން 11:00 އާ ދެމެދު މާލެސިޓީ ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅު މަގު، ދިއްގާ މަގު، ހިރުނދު މަގު އަދި ނިރޮޅު މަގު ގޯޅި 11،12،13 ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ މަޢުލޫމާތުދީފައެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅު މަގު، ދިއްގާ މަގު، ހިރުނދު މަގު އަދި ނިރޮޅު މަގު ގޯޅި 11،12،13 ހިމެނޭ ސަރަޙައްދުން 21 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ (މާދަމާ) ހެނދުނު 10:00 އާއި 11:00 އާ ދެމެދު… pic.twitter.com/L1Z8NAPAWL
— STELCO (@STELCOMALDIVES) June 20, 2025
ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.
ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު