ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ޙަލީމް
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ޙަލީމް
ދައުލަތުން މިދިޔަ އަހަރު ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން 2023 ވަނަ އަހަރު ދަޢުލަތުން ޕެންޝަނުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު، 7 އިންސައްތައިގެ އިތުރުވުމެކެވެ.

އެގޮތުން މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ހޭދަކޮށްފައިވަނީ 165 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރު ދޫކުރި 146 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.

ހަމައެއާއެކު މިދިޔަ އަހަރު އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު މި އަދަދު ހުރީ 1.2 ބިލިއަން ރުފިޔާގައެވެ.

އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ، ވަޒީފާއެއް އަދާނުކުރާ އަދި ޕެންޝަން ސްކީމުން އެކަށީގެންވާ ފައިސާއެއް ނުލިބޭ ފަރާތްތަކަށް ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ މަހަކު ދެވޭ އެލަވަންސެކެވެ.

ޕެންޝަނަށް ދައުލަތުން ކުރަންޖެހޭ ޚަރަދު އިރުވެފައިވާއިރު، ދަޢުލަތުން ޑަބަލް ޕެންޝަން ދިނުމާއި، ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ ޕެންޝަން ސްކީމްތައް ހުއްޓުވުމަށްޓަކައި މާލިއްޔަތު ކޮމިޓީން އިސްނަގައިގެން މިހާރުދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން