މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑުން ޔަޒްމީދު މި މަގާމަށް އައްޔަންކުރެއްވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
އާ ސީއީއޯ ޔަޒްމީދަކީ ދައުލަތުގެ ތަފާތު އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، ހިންގުމުގެ ދާއިރާއާއި، ފައިނޭންސް، އެކައުންޓިންގ، އޮޑިޓިންގ އަދި ގަވަނަންސްގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން އޭނާ ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި ޖޭއެސްސީގެ ނައިބު ރައީސްކަމާއި، އޭސީސީގެ މެންބަރުކަމުގެ އިތުރުން އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ހިމެނެއެވެ.
ތައުލީމީ ގޮތުން ބަލާއިރު ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކުރައްވާފައިވާ ސަޓިފައިޑް ޗާޓަޑް އެކައުންޓެންޓެކެވެ.
މީގެ އިތުރުން އޭނާ ވަނީ އޯޕަން ޔުނިވަސިޓީ މެލޭޝިޔާއިން މެނޭޖްމަންޓް ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލުކުރައްވައި، އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހޯއްދަވާފައެވެ.
ރާއްޖޭގެ ރިޓަޔަމަންޓް އަދި އަސާސީ ޕެންޝަން ސްކީމްތައް ހިންގައި، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލާ ޕެންޝަން އޮފީހުގެ ބޯޑުގެ އަމާޒަކީ، އާ ސީއީއޯގެ ގާބިލު އިސްނެގުމުގެ ދަށުން އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު