މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން މިއަދު އިންތިހާބު ކޮށްފިއެވެ.

މިއަދު ހެދުނު ސޯޝަލް ސެންޓަރުގައި ބޭއްވި އެމްއެމްސީގެ ބައި-އިލެކްޝަންގައި އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނާއި، އާންމުން ތަމްސީލު ކުރާ މެންބަރެކެވެ.

އެގޮތުން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮނޑިއަށް ހޮވުނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމާއި، އަދަދު ނޫހުގެ ލީވާން އަލީ ނާސިރެވެ. މި އިންތިޚާބުގައި މުޒައްޔިނަށް 50 ވޯޓު ލިބިފައިވާއިރު ލީވާނަށް ލިބުނީ 48 ވޯޓެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ.

މި އިންތިޚާބުގައި އާންމުން ތަމްސީލުކުރާ ގޮނޑިއަށް ހޮވުނީ ހައްވާ ވަޖުދާ އެވެ. އޭނާއަށް 38 ވޯޓު ލިބިފައިވާއިރު، އޭނާ އާއި އެންމެ ކައިރިން ވާދަކުރި ނަހްދާ އާދަމަށް ލިބުނީ 12 ވޯޓެވެ.

އެމްއެމްސީގެ ގޮނޑިތަކެއް ހުސްވީ ކައުންސިލްގެ ތިން މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން