ބަހްރައިން- ފޮޓޯ: ހޮސްޕިޓަލިޓީ ނިއުސް
ބަހްރައިން- ފޮޓޯ: ހޮސްޕިޓަލިޓީ ނިއުސް
މެދުއިރުމަތީގައި ހަނގުރާމައިގެ ނުރައްކާ ބޮޑުވެ ބަހްރައިންގެ 70 އިންސައްތަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ނިޒާމު ޢަމަލީ ގޮތުން ތަންފީޒުކޮށްފިއެވެ.

ބަޙްރެއިންގެ ސިވިލް ސަރވިސް ބިއުރޯއިން ބުނީ މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގެ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުގެ 70 އިންސައްތަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ނިޒާމު ތަންފީޒު ކޮށްފައިވާ ކަމަށެވެ. އަދި މިކަން މިއަދުން ފެށިގެން އިތުރު އެންގުމެއް އަންގަންދެން ދެމި އޮންނާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ މި އެންގުމުން އިސްތިސްނާވަނީ ޖިސްމާނީގޮތުން ހާޒިރުވާންޖެހޭ ދާއިރާތަކާއި ޚާއްޞަ ކުއްލި ޙާލަތުގެ އިޖުރާއަތްތަކެއް ހިމެނޭ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.

އަދި މިއީ އާންމު ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވީ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތިން މަރުކަޒަށް މިއަދު ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގައި ފުޅާ ދާއިރާގައި ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން