ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ވިނަރެސްގެ 9ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓްމަންޓުގައި ދިރިނުއުޅުވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ އެޕާޓްމަންޓްގައި ދިރިއުޅޭ 4 މީހުންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި، 2 މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ، މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު