ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވުމުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ--
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވުމުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ--
މިއަދު ހެނދުނު ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް އެރަށަށް ދާގޮތަށް ހަމަޖައްސައިފިއެވެ.

ފުލުހުންގެ ހިދުމަތުން މިރޭ ބުނީ އެ ޓީމު މާދަމާ ހެނދުނު ފުނަދޫއަށް ދާނެ ކަމަށެވެ.

ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.

އަލިފާން ހިނގި ސަރަހައްދު މިހާރު އޮތީ ކޯޑަންކޮށް ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު