އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން، ފޮޓޯ: މަޖިލިސް
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން، ފޮޓޯ: މަޖިލިސް
ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން ބަލަން ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި އެ މައްސަލަ ބަލަން ކޮމިޓީއަށް ހުށަހެޅީ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިރުހާނެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ ކަމާ ބެހޭ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރުކޮށް މައްސަލަ ހިނގާފައިވާ ގޮތް ބެލުމަށެވެ.

ޝިރުހާން ވިދާޅުވީ މިފަދަ ސްކޭމްތަކުގެ ސަބަބުން އެތައް ބަޔަކަށް ލަނޑު ލިބިފައިވާ ކަމަށާއި، އެހެންވެ ކޮމިޓީން އެ މައްސަލަ ބަލައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

އޭނާގެ މި ހުށަހެޅުމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ވަނީ ތާއީދު ކުރައްވާފައެވެ.

‎ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ވިދާޅުވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ޖުވާ ކުޅޭ ޕްލެޓްފޯމުތަކުގެ މައްސަލަވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީން ވަނީ މިފަދަ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރުމަށް ފާސްކޮށްފައެވެ.

ސްކޭމްގެ މައްސަލަ މަޖިލީހުން ބަލަން ނިންމި އިރު، ބައިލައްކައެއްހާ ދިވެހިން އެތައް މިލިއަނެއް އިންވެސްޓް ކުރި، ޕިރަމިޑް ސްކީމް ޖެމްކިއު އިން ފައިސާ ނުނެގި މިހާރު އެ ސްކީމް ވަނީ ހުއްޓާލާފައެވެ. އަދި ޖެމްކިއު ހުއްޓާލައި އާ ޕޮންޒީ ސްކީމެއް ޕްރޮމޯޓްކުރަން އެ މީހުން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން