ތެލެސީމިއާ ކެރިއަރުން ކައިވެނިކުރަން ބޭނުންވާނަމަ، ކައިވެނިކުރުމުގެ ކުރިން ވަކި ޕްރޮގްރާމެއްގައި ބައިވެރިކުރަންޖެހޭ ގޮތަށް ގާނޫނަކުން ލާޒިމުކުރުމަށްޓަކައި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހު ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރުއެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.
އޭގައި ބުނެފައި ވަނީ ކައިވެނިކުރަން އެދޭ ދެ މީހުން ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓުކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކުގައި ކަމަށާއި، ޓެސްޓުގެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބޭނެ މީހުންނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.
އަދި އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ މީހުންނާއި، އެ ޕްރޮގްރާމްގައި އެކުލެވޭ ބައިތައް ހިމަނަންޖެހޭކަމަށްވެސް އިސްލާހުގައި ވެއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ ތެލަސީމިއާ ކުދިން ލިބޭނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިވުމެއް ނޯވެއެވެ.
މިއަދު ހުށަހެޅި މި ބިލުގައި ދެން އޮތީ ތެލަސީމިއާ ސެންޓަރުގެ އިސްވެރިޔާއަކީ ޑިރެކްޓާ ޖެނެރަލް ކަމަށް ކަނޑައަޅައި، އޭނާގެ މަސްއޫލިއްޔަތުތަކާއި އައްޔަނުކުރަންޖެހޭ ގޮތް ބަޔާންކޮށްފައެވެ.
އެގޮތުން ޑީޖީ އައްޔަނުކުރަން ޖެހޭނީ ފަސް އަހަރުގެ މުއްދަތަކަށް ހެލްތު މިނިސްޓަރުގެ އިރުޝާދުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުންކަމަށް ބިލުގައި ވެއެވެ. އަދި އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީވެ، މަސައްކަތްކުރަންވާނީ މިނިސްޓަރުގެ ލަފައާ އެކު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ތެލެސީމިއާ ޕޭޝަންޓުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ދުވަސްވެ ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު