ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާތަ ދެހަފްތާ ވާން ގާތްވެފައިވަނިކޮށް އީރާނާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ. ހޯމަ ދުވަހު ޓްރަމްޕް މިފަދައިން އިއުލާން ކުރެއްވިއިރު، އީރާން އަދި އިސްރާއީލުންވެސް ހަމަލާތައް ބަދަލު ކުރުން ހުއްޓާލަން ނިންމާފައިވާކަމުގެ އިޝާރާތެއް ނުކުރެއެވެ.
އީރާނާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާކަން ޓްރަމްޕް ހާމަކޮށްފައިވަނީ މީސްމީޑިއާ މެދުވެރިކޮށް، ގަތަރުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަލް އުދައިދު އެއާ ބޭސްއަށް އީރާނުން މިސައިލް ހަމަލާއެއް ދިންތާ މާގިނައިރުތަކެއް ނުވަނީހެވެ.
ޓްރަމްޕް ވިދާޅުވީ އީރާނާއި އިސްރާއީލު ހަނގުރާމަ ނުހުއްޓުވިނަމަ، ހަމަލާތައް ހޫނުވެ މުޅި މެދުއިރުމަތި ފުނޑުފުނޑު ވެގެންދިއުން ގާތްކަމަށާއި، އެކަން މިހާރު ހުއްޓުވައިފާކަމަށެވެ. އަދި މެދުއިރުމަތި ފުނޑުފުނޑުކޮށްނުލެވޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމަށް ދެގައުމުންވެސް ދެއްކި ހިތްވަރަށް ތައުރީފުކުރައްވާފައެވެ.
މީސްމީޑިއާގައި ޓްރަމްޕް މިހެން ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެސް އީރާނުގައި ހަމަލާގެ ގޮވުންތަކުގެ އަޑު އިވެމުން ދިޔަ ކަމަށް އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓުކޮށްފައިވެއެވެ.
އީރާނާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި ހަމަލާ ތަކަކީ އީރާނުގެ ނިއުކްލިއަރ އަދި މިލިޓަރީ ތަންނަށް އަމާޒުކޮށް ފެށި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. "ރައިޒިންގ ލަޔަން" ގެ ނަމުން ނަންދީފައިވާ މި އޮޕަރޭޝަންގައި ވައިގެ ބޮޑެތި ހަމަލާތަކެއް ހިމެނޭއިރު މިހަމަލާތައް ބޮޑަށް އަމާޒުވެފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށެވެ. އިސްރާއީލުން ދިން ހަމަލާތަކަށް ރައްދުގައި އީރާނުންވެސް ދަނީ ހަމަލާ ދެމުންނެވެ.
ހަމަލާތައް ހުއްޓާލާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްއިރު، އީރާނާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް، ގިނަ އެނަލިސްޓުން ވަނީ އެއްވެސް ނެގޯޝިއޭޝަންތަކެއް ނެތި ކުރިއަށްދާ މިހަމަލާތައް އިތުރަށް ހަރުކަށިވެގެން ދިއުމުގެ ބިރު އޮތް ކަމަށް ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު