މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގެ ތުހުމަތުގައި އެއްވެސް މީހަކު މިހާރު ފުލުހުންގެ ހައްޔަރުގައި ނެތްކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށް ޕްލާސްޓިކް ގަސްޕޮޓްތަކެއްގައި ފޮރުވާފައެވެ. މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ. އަދި މި ތަކެތި ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމުން ހާމަކޮށްފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސުން މީގެކުރިން ވަނީ އެ މަސްތުވާތަކެއްޗާ ހަވާލުވާން ގޮސް ހުރި 35 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުންނާ ހަވާލު ކޮށްފައެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން، މަސްތުވާތަކެތި އެތެރެކުރި ބަޔަކާ މުދާ ކްލިއާ ކުރަންދިޔަ މީހާއާ ގުޅުމެއް އޮތްކަމަށް ނުފެންނާތީ ބިދޭސީމީހާ ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ބުނީ އޭގެ ފަހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި މައްސަލައަކީ ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އެ ތަކެތި އެތެރެކުރި ކުންފުނި ވެސް ހާމައެއް ނުކުރިއެވެ.
ކަސްޓަމްސުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަތުލައިގަންނަ މަސްތުވާތަކެއްޗާއި، އެއާ ހަވާލުވާން އަންނަ މީހުން އެ އިދާރާއިން ހަވާލުކުރަނީ ފުލުހުންނާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު