ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 2852 މީހުންނަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ވަނީ ދަފްތަރުވެފައިވާ ކަމަށާއި، މިއަހަރު ޒަކާތުގެ ގޮތުގައި ބެހީ ބޮލަކަށް 5000 ރުފިޔާ ކަމަށެވެ.
މިއީ މިދިޔަ އަހަރު ޖަމާކުރި އަދަދާ އަޅާބަލާއިރު 1،000 ރުފިޔާ ބޮޑު އަދަދެކެވެ. ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް މިދިޔަ އަހަރު ޒަކާތު ފަންޑުން ޖަމާކޮށްދިނީ 4،000 ރުފިޔާއެވެ.
މިއަހަރުގެ މުދަލު ޒަކާތް ބަހާފައިވާއިރު، މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9،353.4 ރުފިޔާއެވެ. ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
ޒަކާތް ނެރުން ވާޖިބުވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.
މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ލިބިފައިވަނީ 13.2 މިލިއަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު