މޯލްޑިވްސް އިމިގްރޭޝަނުން "އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 83 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އިއްޔެ އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 678 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަނަކީ އައްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ޚާއްސަ މަސައްކަތަކަށްވީއިރު، މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގެ 35 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، މި މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ވަނީ ރެއިޑު އޮޕަރޭޝަންތަކެއް ފަށާފައެވެ. އެގޮތުން މިހާތަނަށް 6,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު