ރޭގަނޑު ނުނިދާ ވިސްނަނީ
ރޭގަނޑު ނުނިދާ ވިސްނަނީ
ވިސްނުންތޫނު ވުމަކީ ހަމައެކަނި ތަޢުލީމީ ގޮތުން ކުޅަދާނަވުމެއް ނޫނެވެ. ނުވަތަ އަވަހަށް ކަމެއް ވިސްނައިގަތުމެއްވެސް ނޫނެވެ. އެއީ ދުނިޔެއާ މެދު ތަފާތު ނަޒަރަކުން ބެލުމެވެ. މިފަދަ މީހުންނަކީ އެހެން މީހުންނާ ތަފާތު ބަޔަކަށް ވުމުން، އެމީހުންގެ މިޒާޖާއި، އަމަލުތައް އާންމުންނާ ވަރަށް ތަފާތު ވެއެވެ.

މިފަހަރު މި ހިމަނާލަނީ ތޫނުފިލި މީހުންގެ ކިބައިގައި ހުންނާނެ 3 ސިފައެކެވެ.

އެކަހެރިވުން

ވިސްނުންތޫނު މީހުން ގިނަ ފަހަރަށް ބޭނުންވާނީ އެކަހެރިވެ އުޅުމަށެވެ. އެއީ، އެމީހުންގެ ކިބައިގައި، އިޖްތިމާޢީ ގުޅުންތައް ދަމަހައްޓަން ޝައުޤުވެރިކަން ނެތިގެނެއް ނޫނެވެ. އެއީ، އެކަހެރި މާހައުލުގައި އެމީހުންނަށް ފުންކޮށް ވިސްނައި، އުނދަގޫ ޚިޔާލުތައް އެކުލަވާލުމަށް ފުރުޞަތު ލިބޭތީއެވެ. އެފަދަ މީހުންނަށް ނަފްސާނީ ހިތްހަމަޖެހުން ލިބޭނީ އެމީހުންގެ އެތެރޭގެ ވިސްނުންތަކުންނެވެ.

ކަންކަމާމެދު ސުވާލު ކުރުން

ވިސްނުންތޫނުކަމުގެ އަނެއް ސިފައަކީ ކަންކަމާ މެދު ގިނައިން ސުވާލު އުފެއްދުމެވެ. އެފަދަ މީހުންނަކީ ކަންކަމާ މެދު ފުންކޮށް ވިސްނައި ޚިޔާލުތަކާއި ނިޒާމުތައް ވަކިވަކިން ދިރާސާކުރާ މީހުންނެވެ. އެމީހުން އެކަން ކުރަނީ ކަންކަން އޮޅުން ފިލުވަން އޮންނަ ޝައުގުވެރިކަން ބޮޑު ކަމުންނެވެ.

ރޭގަނޑު ހޭލާ އުޅުން

ވިސްނުންތޫނު މީހުންގެ ކިބައިން ދެން ފެންނަ އަނެއް ސިފައަކީ ރޭގަނޑު ހޭލާ ތިބުމެވެ. މިކަން މިހެންވާ މައިގަނޑު ސަބަބަކީ އެމީހުންނަށް އެންމެ އުފެއްދުންތެރިކަން އިޙްސާސް ކުރެވޭނީ ރޭގަނޑުގެ ހިމޭން ވަގުތުގައި ކަމަށް ވާތީއެވެ. އެ ވަގުތަކީ އެމީހުންގެ އުފެއްދުންތެރިކަން އެންމެ މަތީ ދަރަޖައަކަށް ހުންނަ ވަގުތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން