އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ނުދީ އެހެންކަމެއް ކުރުން ބަލައިނުގަނެވޭނެ ކަމަށް ޤާނޫނީ ވަކީލު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ޙުސައިން ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދިނުމަށް އުތުރު ތިލަފަޅު ހިއްކި ނަމަވެސް މި ސަރުކާރުން އެތަނުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ދިނުމުގެ ބަދަލުގައި، އެރަށުގެ 100 ހެކްޓަރުގެ ބިމުގައި ގްރީން ހައުސް ހަދައި ބާކީ 100 ހެކްޓަރުގައި ފަލަމަޑީގެ ބާވަތްތައް ހެއްދުމަށް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ 19 ހާސް މީހުންގެ ބޯހިޔާވަހިކަމުގެ ފުރުސަތަށް ހުރަސްއެޅުން ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ހަމައެއާއެކު އުތުރު ތިލަފަޅަށް ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ބަދަލުކުރުމަކީވެސް ކަންބޮޑުވާ ކަމެއްކަން ޢަލީ ޙުސައިން ފާހަގަ ކުރެއްވިއެވެ.
“19،000 އާއިލާއެއްގެ އުއްމީދު ކީއްކުރަންހޭ އަޅުގަނޑުމެން ގެއްލުންވާލަންވީ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ސެންޓްރަލް ޖަލެއް ނޫން. އެ ތަނުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ނޫން.” ޢަލީ ހުސައިން މިއަދު ވިދާޅުވެފައިވެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، އުތުރު ތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއަށް 251 ހެކްޓަރުގެ ބިން ހިއްކައި އެ ތަނުން 5،000 ގޯތި ދޭން ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އެސަރަޙައްދުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރާނެކަމަށް އިޢުލާނުކޮށްފައެވެ. އަދި ހަމަ އެއާއެކު ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްގީކުރުމަށް މި ސަރުކާރުން މިހާރު ނިންމާފައިވަނީވެސް އުތުރު ތިލަފަޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު