ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އެކި ސަރަހައްދުތަކަށް ބެހިގެންދާނެ ގޮތަށް ތަރައްގީ ކުރުމަށްޓަކައި، މިވަގުތު ފަތުރުވެރިކަން އެހާ ކުރިއަރާފައިނުވާ އަތޮޅުތަކުގައި އިންވެސްޓް ކުރުމަށް ޚާއްސަ ލުއިތަކެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމުގެ ދަށުން، ހަލާލު ފަތުރުވެރިކަމަށް ވަކި ރަށްތަކެއް ޚާއްސަކޮށް، އިންވެސްޓަރުންނަށް 30-70 އިންސައްތައިގެ ޑިސްކައުންޓާއެކު އެހެނިހެން ލުއިފަސޭހަތައް ލިބިދެވޭނެއެވެ. މި ލުއިތައް ދެވޭނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
މި އައު އުސޫލުގެ ދަށުން، އާންމުކޮށް ހުޅުވާލެވޭ ބިޑިންގ އަދި ގަވާއިދުތަކުގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަނުގެ ހެކްޓަރަކަށް ޖެހޭ ރޭޓް ވަނީ ދަށްކޮށްފައެވެ. އަދި ކްލޯޒް ބިޑިންގގެ ދަށުން ދޫކުރެވޭ ބައެއް ރަށްރަށާއި ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް އުނިކުރުމާއި، ބައެއް ސަރަހައްދުތަކުގެ ޕްރެމިއަމް ރޭޓްތައް ވަނީ މުރާޖާ ކޮށްފައެވެ.
އެގޮތުން ކްލޯޒް ބިޑިންގެ ދަށުން، ތ. އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރެމިއަމް އުނިކުރުމާއި، ހއ، ހދ، ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް ފަޅުތަކުން އުނިކުރުން ވަނީ ހިމެނިފައެވެ. ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150,000 އެމެރިކާ ޑޮލަރުން 100,000 އެމެރިކާ ޑޮލަރަށް ކުޑަކުރުމާއި، ހއ، ހދ، ށ، ތ އަދި ލ. އަތޮޅުގެ ފަޅުތަކުގެ ޕްރެމިއަމް 30 އިންސައްތަ ކުޑަކުރުން ވެސް ހިމެނެއެވެ.
އިތުރު ލުއިތަކުގެ ގޮތުގައި، ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަރައްގީކޮށް ހުޅުވޭ ތަންތަނަށް ބިމު ކުލި ފަސްކުރުމުގެ ފުރުސަތު އޮންނަގޮތަށް ހަމަޖެއްސުމާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން ހިމެނެއެވެ. އޭގެ އިތުރުން ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
އެގޮތުން، ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފް ކެޓެގަރީއަށް އިތުރުކުރެވޭނެއެވެ. އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު