ރާއްޖޭގެ ބައެއް ރަށްރަށުގައި ހަލާލު ޓޫރިޒަމް ތަރައްގީކުރަން ރައީސް ނިންމެވުމާއި ގުޅިގެން އެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ހަލާލު ޓޫރިޒަމް ތައާރަފުކުރަން ނިންމަވާފައިވާކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ ހަފްތާގައެވެ. އެއަށްފަހު ސަރުކާރުން މިއަދު ވަނީ ހަލާލު ޓޫރިޒަމަށް 31 ރަށެއް ދޫކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. އަދި އޭގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވާލަނީ، ރާއްޖޭގައި ފަތުރުވެރިކަން އެންމެ ދަށް އަތޮޅުތައް ކަމަށްވާ ތ، ލ، ށ، ހއ އަދި ހދއަތޮޅުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ހަލާލު ޓޫރިޒަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމަކީ ރައީސް މުއިއްޒު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
އަދި މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އާ ދިރުމެއް އަންނާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، ރިސޯޓުތަކުގައި އިސްލާމީ އުސޫލުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި އެތަންތަނުގައި ވިއްކޭނީ ވެސް ހަލާލް ސެޓިފައިޑް ކާބޯތަކެތި އެކަނި ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން އިންވެސްޓަރުންނަށް ލުއިފަސޭހަ ވާނެގޮތްތަކަށް ބައެއް ރަށްރަށުގެ ކުލި ވަރަށް 30 އާއި 70 އިންސައްތައަށް ލުއި ކޮށްދޭން ރައީސް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު