މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުން،
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުން،
ކުޅުދުއްފުށި ސިޓީއާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ފަރުވާއަށް ރަށްރަށުން މާލެ އައި ނަމަވެސް އަވަސް މުއްދަތެއްގައި ޓެސްޓުތައް ހަދައި ޑޮކްޓަރަށް ނުދެއްކޭ ނަމަ ބަލި މީހުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.

އެހެންނަމަވެސް، ޓެލެ މެޑިސިންގެ ހިދުމަތް ފެށުމުން އެ އުނދަގޫތައް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހިދުމަތް ފެށުމުން ބަލި މީހުން ގިނަ ދުވަސް ވަންދެން މާލޭގައި މަޑުކުރަން ނުޖެހި ޓެލެމެޑިސިންގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭނެ ކަމަށް ޒޭބާ ވިދާޅުވިއެވެ.

ޒޭބާ އިތުރަށް ވިދާޅުވީ ޓެލެ މެޑިސިން ސިސްޓަމްގައި، ބަލި މީހާގެ ފުއްޕާމޭގައި ސްތެތެސްކޮޕް ޖައްސާ އަޑު ވެސް އިވޭނެ ކަމަށާއި ހިތުގެ ވިންދުގެ އަޑު ވެސް އިވޭނެ ކަމަށެވެ.

ކުޅުދުއްފުއްޓާއި ނިލަންދޫގައި ޓެލެމެޑިސިންގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ސަރުކާރުން މިހާރު ވަމުންދާ ކަމަށާއި، އެކަމުގެ ޓެސްޓު ބުރުތަކެއް މި ހަފުތާގައި ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހެލްތު މިނިސްޓްރީގެ އަމާޒަކީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެލެ މެޑިސިން ސިސްޓަމް ގާއިމްކުރުން ކަމަށްވެސް ޒޭބާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން