އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލެ "ރަށު މާރުކޭޓު" ސަރަޙައްދުގައި ގަވާއިދާ ހިލާފަށް އުޅުނު 15 ބިދޭސީން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިއްޔެ ކުރިއަށް ގެންދިޔަ މި ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 37 ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ 10 ފިރިހެނުންނާއި 05 އަންހެނުން ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، މި މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ވަނީ ރެއިޑު އޮޕަރޭޝަންތަކެއް ފަށާފައެވެ. އެގޮތުން މިހާތަނަށް 6,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.

އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން