މަނީ ލޯންޑަރިންގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތިން ބަންގްލަދޭޝް ފިރިހެނުންނެވެ. އެއީ 38 އަހަރުގެ މުހައްމަދު އަބްދުﷲއާއި 28 އަހަރުގެ އެމްޑީ މޮހޮއްދީން ޗޯދުރީގެ އިތުރުން 37 އަހަރުގެ އަޖްގޮރު މިރިދާއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲއާއި މޮހިއްދީން 30 ދުވަހަށް އަދި އަޖްގޮރު ވަނީ 20 ދުވަހަށް ބަންދުކޮށްފައެވެ
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ތިން މީހުން ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު