ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
މޫނުބުރުގާ އަޅައިގެން ވައްކަން ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފިރިހެނެއް ކަމަށްވާ އުމުރުން 41 އަހަރުގެ ޝާހުލް ޔެހަޔާ އަބްދުލް ރަޒާކްއެވެ. މި ވައްކަމާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ ހަތް ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި މޫނު ބުރުގާ އަޅައިގެން ދަބަހެއް ހިފައިގެން އުޅެނިކޮށް ފުލުހުން ވާހަކަ ދެއްކުމުން ފިލަން އޭނާ ވަނީ ދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް