އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ، އައްޑޫ ސިޓީ، ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ)
އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ، އައްޑޫ ސިޓީ، ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ)
ރަހީނުކޮށްފައި ހުރި ދިވެއްސަކު ސަލާމަތްކޮށް، އެކަން ކުރި ދިވެހި މީހާވެސް ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މާލޭ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތަކަށް މީހަކު ހިފަހައްޓައި، އަނިޔާކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ.

އެކަމާގުޅިގެން އަނިޔާ ލިބެމުންދިޔަ މީހާ ހުރި ތަން ހޯދައި، ޖުލައި މަހުގެ 3 ވަނަ ދުވަހު އެމީހާ ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މިކަން ކުރިކަމުގެ ތުހުމަތުގައި، އައްޑޫ ސިޓީ، ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ޙާދިސާގައި އަނިޔާ ލިބިފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން