މާލީ ހާލަތު ގޯސްވެ، ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަމަލު ކުރި ގޮތުގެ ސަބަބުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު ބުނެފިއެވެ.
އެމްއެމްޕީއާރްސީން އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓެއްގައި އެމްއެމްޕީއާރްސީގެ މާލީ ހާލަތާ ގުޅޭ ކަންބޮޑުވާ މައްސަލަތަކެއް ހިމެނުމާ ގުޅިގެންނެވެ.
އެގޮތުން މަޖިލީހުގެ ކޮމިޓީން ނެރުނު ރިޕޯޓުގައިވަނީ އެމްއެމްޕީއާރްސީގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ހުރީ މައިނަސް ޢަދަދުތަކެއްގައި ކަމަށެވެ. މިކަމުން ދޭހަވަނީ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެއެވެ.
މިކަމާ ގުޅިގެން އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނި މާލީ ގެއްލުމުގެ ހާލަތަށް ވެއްޓުނު މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުގައި ޖަމާވެފައިވާ މާލީ ގެއްލުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން، އެ ކުންފުނީގެ މިދިޔަ ހަތަރު އަހަރުގެ މާލީ ރިކޯޑުތަކާ ހަވާލާދީ އެމްއެމްޕީއާރުސީން ބުނީ، އެ މުއްދަތުގައި ޖުމުލަ 203.8 މިލިއަން ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް އެކޯޕަރޭޝަނަށް ލިބިފައި ވަނީ 2021ވަނަ އަހަރެވެ. އެ އަހަރު އެކަނި 141 މިލިއަން ރުފިޔާ ގެއްލުން އެމްއެމްޕީއާރުސީއަށް ލިބިފައިވާއިރު، އޭގެކުރިން 2020 ވަނަ އަހަރު 1.6 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.
އޭގެފަހުން، 2022ގައި 42 މިލިއަން ރުފިޔާގައި ގެއްލުން ހުރި ނަމަވެސް 2023ގައި ގެއްލުންވެފައި ވަނީ 17 މިލިއަން ރުފިޔާއެވެ.
މަޖިލީހުގެ ކޮމިޓީން ނެރުނު ރިޕޯޓު ބިނާވެފައި އޮތީ ފާއިތުވި ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށްކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ މިހާރަށް ވުރެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ހިނގަމުންދާ ޚަރަދުތައް 10 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަދި އެ ކޯޕަރޭޝަނުގެ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ފުރިހަމަ އެސެސްމަންޓެއް ހަދައި، ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީއާރު އެޖެންސީތަކުގެ އަދަދު 21އިން ހައަކަށް ކުޑަކޮށްފައިވާ ކަމަށާއި، ހަމައެކަނި އެ މަސައްކަތުން ހަތަރު މިލިއަން ރުފިޔާ ސަލާމަތްކުރެވުނު ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުން ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދެއް ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް އެމްއެމްޕީއާރުސީން ބޭނުންކުރި ނަމަވެސް، އެ ޚަރަދުގެވެސް 34 އިންސައްތަ ދަށްކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން ވަނީ ހާމަކޮށްފައެެވެ.
އަދި، ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ އެއްކޮށް "ޑޮލާ ޓު ޑޮލާ" ޕާޓްނަޝިޕްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު