ހުޅުމާލޭގެ ފޭސް 2 ގައި މިހާރު އިމާރާތް ކުރަމުންދާ އާ ސްކޫލަށް ޝަހީދު ޢަލިރަސްގެފާނަށް ނިސްބަތްކޮށް ނަން ދޭން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އެ ސްކޫލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާޢިލް ޝަފީޢު މިއަދު އެ ތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލަށް ޝަހީދު ޢަލިރަސްގެފާނަށް ނިސްބަތްކޮށް ނަން ދޭން ނިންމެވީ ރައީސް މުޙައްމަދު މުޢިއްޒު ކަމަށެވެ. އަދި އެގޮތަށް ނިންމެވީ އަލިރަސްގެފާނުގެ ޒިކުރާ އާކޮށް ކުދިންގެ ހިތުގައި އެ ރަސްގެފާނުގެ އަގުވަޒަން ކުރުމުގެ ރޫހު އާލާކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން މި ސަރުކާރުން ފެށި އެ ސްކޫލް މިއަންނަ އަހަރުގެ ޖެނުއަރީ މަހަށް ހުޅުވުމަށް އަމާޒު ހިފާފައިވާކަމަށް ޝަފީއު ވަނީ ވިދާޅުވެފައެވެ.
1500 ކުދިންގެ ޖާގައިގެ އެ ސްކޫލްގައި ގްރޭޑް 1 އިން 10 އާ ހަމައަށް ކިޔަވައިދޭން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު