އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެއް ކަމަށް ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ. ޚަލީލް މިހެން ވިދާޅުވީ، އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މަރކޯ ރޫބިއޯ އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެމެސެޖުގައި ޑރ. ޚަލީލް ވަނީ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.
“އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެކެވެ. އެހެންކަމުން، އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތްތާނގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.” ޑރ. ޚަލީލްގެ މެސެޖުގައިވެއެވެ.
އޭގެއިތުރުން އެމެރިކާ ރައްޔިތުންނަށް ސުލްހައާއި އިތުރު ކުރިއެރުން ލިބުމަށް އެދޭ ކަމަށް ވެސް ޑރ. ޚަލީލްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު