މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 1،200 އަށްވުރެ ގިނަ ޒުވާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލި ފުރަތަމަ ބުރުގައި ބައިވެރިވާން އެދި 1،244 މީހަކު ހުށަހަޅާފައިވާ ކަމަށެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގައުމަށް ހިދުމަތް ކުރުމުގެ ހާއްސަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާއިރު ޕްރޮގްރާމަށް ފުރުސަތު ދެމުންދާނީ ފޯމު ހުށަހަޅާފައިވާ ތަރުތީބުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފުރަތަމަ ބުރުގެ ހުރިހާ ބައިވެރިންގެ ތަމްރީނުތައް ނިމުނުހާ އަވަހަކަށް ދެވަނަ ބުރު އިއުލާންކުރަން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ދެން ކުރިއަށްދާނީ ކުރިމަތިލާފައިވާ ބައިވެރިންގެ ސިއްހީ ގާބިލުކަންފަދަ ކަންކަން ޗެކުކުރުން ކަމަށެވެ. އަދި އެގޮތަށް ފާސްވާ ހުރިހާ ކުދިންނަށް ޕްރޮގްރާމުން ފުރުސަތު ދޭން ނިންމާފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ތަމްރީނުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.
މި ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުން ދާއިރު، ރައީސް މީގެކުރިން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު