މަރްޔަމް ނަހްދާ ވަޙީދު   9 ޖުލައި 2025 - 7:42
ސްޕެޝަލް އޮޕްސްގެ ޕޯސްޓަރު
ސްޕެޝަލް އޮޕްސްގެ ޕޯސްޓަރު
ގިނަ ބައެއްގެ މެދުގައި މަގުބޫލު ސީރީސް "ސްޕެޝަލް އޮޕްސް" ގެ ދެވަނަ ސީޒަން ނެރޭ ދުވަސް ފަސްކޮށްފިއެވެ.

މި ސްޕައި ތުރީލާ ސީރީސް މީގެ ކުރިން ނެރެން ނިންމީ މިމަހު 11 ގައެވެ. އެހެން ނަމަވެސް މިހާރު ސީރީސް ނެރުން ފަސްވެފައިވާ ކަމަށް ސީރީސް ލީޑުން ފެނިގެންދާ ކޭ ކޭ މެނަން ވަނީ ހާމަކޮށްފައެވެ.

އިންސްޓަގްރާމުގައި ހިއްސާ ކުރި ޕޯސްޓެއްގައި ކޭކޭ ބުނީ މި ސީރީސް ނެރުން އެއް ހަފްތާއަށް ފަސްވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ސީރީސް އޯޓީޓީ ގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 18 ގައެވެ.

އޭނާ އިތުރަށް ބުނީ ބައެއް ކަންތައްތަކަކީ އެއްވެސް މީހަކަށް ކޮންޓްރޯލު ކުރެވޭ ކަންކަމަށް ނުވާތީ ފިލްމު ނެރުން ފަސްކުރަން ޖެހުނީ ކަމަށެވެ.

މި ސީރީސްގައި ކޭކޭގެ އިތުރުން ދެން ފެންނާނީ ވިނޭ ޕަތަކު، ކަރަން ޓެކަރު، ޕްރަކާޝް ރާޖް، ތަހީރު ރާޖު ބާސިން، ސައްޔަމީ ޚޭރު، ޕަރްމީތު ސެޓީ، ކަލީ ޕްރަސާދު މުކަރްޖީ، ރެވާތީ، ގޯޓަމީ ކަޕޫރު، ޝިކާ ތަލްސާނިއާ އަދި ދަލިޕް ތަހިލް ފަދަ ތަރިންނެވެ.



ކިޔުންތެރިންގެ ހިޔާލު