އެމްއައިޓީޑީސީ އުވާލައި އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު މިގޮތަށް ފާސްކޮށްފައިވަނީ، އެ ދެ ކުންފުނީގެ ހާލަތު ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން އެކުލަވާލި ރިޕޯޓަށް ރިޢާޔަތް ކުރުމަށް ފަހުއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރީ 62 ވޯޓުގެ އަގުލަބިއްޔަތުންނެވެ.
އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ނިންމާފައިވަނީ، ރާއްޖޭގައި މެދު ފަންތީގެ ޓޫރިޒަމް ކުރިއެރުވުމަށް 2016 ގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާ އޮންނަ ގޮތަށް އުފެއްދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހަރަދު ކުޑަކުރަން އެ ކުންފުންޏަށް އެންގުމަށެވެ.
ހަމައެއާއެކު އެމްއައިޓީސީ އުވާލުމުގެ މަސައްކަތް ނިމުމުން އެކަމުގެ ހާއްސަ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ވެސް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައިވެއެވެ.
އެމްއައިޓީޑީސީ އުވާލަން މަޖިލީހުން ފާސްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ އެކުންފުނި އުވާލަން ނިންމާފައެވެ. އަދި އެމްއެމްޕީއާރުސީގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުންފުނި މިވަގުތު އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑި އަޅާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު